ޒަޔަނިސްޓުންގެ ދޮގުތަކަށް އިޖާބަދިނުމުން ހަމައެކަނި ވާނެ ކަމަކީ ހަމަނުޖެހުންތައް އިތުރުވުން ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވެފައިވަނީ ޒަޔަނިސްޓުންގެ ދޮގުތަކަށް އިޖާބަދިނުމުން ހަމައެކަނި ވާނެ ކަމަކީ، ހަމަނުޖެހުންތައް އިތުރުވުން ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުއިރުމައްޗާ ގުޅޭގޮތުން ޖަހަމުންދަނީ، "ނުބައި ހިސާބުތަކެއް" ކަމަށެވެ.
އުރުދުޣާން މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވަނީ ޣައްޒާއިން ދެ މިލިއަނަށްވުރެ ގިނަ ރައްޔިތުން ނެރެ، އެތަނުގެ ބާރު އެމެރިކާގެ ދަށަށް ގެނެސް، އެތަން މެދުއިރުމަތީގެ ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށްވެސް ދެކޮޅު ހަދާފައިވަނިކޮށެވެ.
ޣައްޒާއަށް ނިރުބަވެރި އިސްރާއީލުން ދެމުންދާ ހަމަލާތަކަކީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް ކަމަށް ބުނެ، އިސްރާއީލުގެ ސަރުކާރާ ދެކޮޅަށް ބައިނަލްއަޤްވާމީ ފިޔަވަޅުތައް އެޅުމަށްވެސް އުރުދުޣާން ގޮވާލާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ