ޑްރަގު މައްސަލައަކާ ގުޅިގެން މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިހުރި ނައިޖީރިއާ މީހަކު މަރުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސުން ބުނީ މިއަދު މަރުވީ ނައިޖީރިއާގެ ރައްޔިތެއްކަމުގައިވާ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ (35 އަހަރު) ކަމަށެވެ.
އަދި އެ މީހާ މަރުވީ ކުޅެން ހުއްޓައި ކުއްލި ގޮތަކަށް ވެއްޓުމުގެ ސަބަބުން މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް، މިއަދު ހަވީރު 17:20ގައި ކަމަށް ކަރެކްޝަނުންއިން މައުލޫމާތުދެއެވެ.
ކަރެކްޝަނުން ބުނީ އޭނާ ވެއްޓުމާ އެކު، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދީފައިވާ ކަމަށާއި، 4 މިނެޓު ތެރޭގައި އޭނާ މާފުށީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިއަދު މަރުވި މީހާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.
މިއީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.
ކަރެކްޝަނުން ބުނީ އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ މަރުވުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސެސަށާއި، މޯލްޑިވްސް ޕޮލިސް ސަރވިސަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް މިހާރު އަންގާފައި ވާކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު