ނަސްލު ނައްތާލުމުގެ ނިޔަތެއް އޮތް ނަމަ ވައިޓް ހައުސްއަކަށް ނުވަންނާނަން: ސީސީ

ޣައްޒާއިން ނަސްލު ނައްތާލުމުގެ ނިޔަތެއް އޮތް ނަމަ ވައިޓް ހައުސްގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވާން ބޭނުންނުވާ ކަމަށް މިސްރުގެ ރައީސް އަބްދުލްފައްތާޙު ސީސީ ވިދާޅުވެއެވެ.

މި ހިނގާ ފެބުރުއަރީމަހުގެ 1 ވަނަދުވަހު ޓްރަމްޕް ވަނީ ސީސީއަށް ފޯނުން ގުޅައި ވައިޓް ހައުސްއަށް އައުމަށް ދައުވަތު ދިނެވެ. ނަމަވެސް އެކަމަށް ވަކި ތާރީޚެ އަދި ކަނޑައަޅާފައެއް ނުވެއެވެ.

ޓްރަމްޕް ވަނީ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ 2 މިލިއަން ރައްޔިތުން އެ ބިމުން ބޭރުކޮށް، ޣައްޒާގެ ނަސްލު ނައްތާލުމަށް ފަހު އެތަނުގައި އިމާރާތްތަކެއް އަޅައި ބިމުގެ ވިޔަފާރި ކުރުމަށް ބޭނުން ކުރާނޭ ކަމަށް ބުނެފައެވެ. ޢަރަބި ގައުމުތަކުން އަންނަނީ މިކަމަށް ނުރުހުން ފާޅުކުރަމުންނެވެ.