އެމެރިކާގެ ރައީސް ޓްރަމްޕް ވެރިކަމަށް އެރި ފަހުން ފުރަތަމަ ފަހަރަށް ޓައިވާން ކަނޑުއޮޅިން އެމެރިކާގެ މަނަވަރުތައް ދަތުރުކޮށްފިއެވެ.
އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ 'ރޫޓިން ދަތުރެއްގައި' އެމެރިކާގެ ދެ މަނަވަރު ޓައިވާން ކަނޑުއޮޅިން ދަތުރުކުރިކަން އިއްޔެ ކަށަވަރުކޮށްދީފައެވެ.
ޓައިވާން ކަނޑުއޮޅީގެ އުތުރުން ޔޫ.އެސް.އެސް ރަލްފް ޖޯންސަން އާއި، ޔޫ.އެސް.އެން.އެސް ބައުޑިޗް ވަދެފައިވަނީ ފެބްރުއަރީ 10 ގައެވެ.
އަދި ޓައިވާން ކަނޑުއޮޅިގެ ދެކުނު ފަރާތުން ނިކުތީ މިއަދު ކަމަށް ވެސް ވަނީ ބުނެފައެވެ.
އެމެރިކާ އަސްކަރިއްޔާގެ އިންޑޯ ޕެސިފިކް ކޮމާންޑުގެ ތަރުޖަމާނު، ނޭވީ ކޮމާންޑަރ މެތިއު ކޯމަރ ބުނެފައިވަނީ، ޓައިވާނު ކަނޑުއޮޅިން ދަތުރުކުރިއިރު، އެ ކަނޑުއޮޅީގެ ދެފަރާތުގައިވާ އެއްވެސް ގައުމެއްގެ ސަރަހައްދީ އިމުގެ ތެރެއަށް އެމެރިކާގެ މަނަވަރުތަކުން ވަދެފައިނުވާ ކަމަށާއި މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް، ސުލްހަވެރިކަމާއެކު ހިންގި ހަރަކާތެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ