އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލް ޓްރަމްޕު ފަލަސްތީނުގެ ރައްޔިތުން ފަލަސްތީނުން ބޭރުކޮށް އެހެން ގައުމަކަށް ހިޖުރަކުރުވުމަށް ގޮވާ ގޮވުމަށް މިސްރުން ދެކޮޅުހަދައިފިއެވެ.
މިސްރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ މައްސަލައިގެ "އަދުލުވެރި ހައްލެއް" ހޯދަން ކުރާ މަސައްކަތަށް ޓްރަމްޕް އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މިސްރުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ "ފަލަސްޠީނު ރައްޔިތުންގެ ޝަރުއީ އަދި ޤާނޫނީ ޙައްޤުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ބިމުގައި ތިބުމުގެ ޔަގީންކަން ލިބޭ ގޮތަށް ޣައްޒާ އަލުން ބިނާކުރުމަށް "ފުރިހަމަ ތަސައްވުރެއް" މިސްރު ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.
ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ކޮންމެ ތަސައްވުރެއް ހުށަހެޅި ނަމަވެސް އެކަމުގައި، "ފަލަސްތީނުގެ ބިން އިޒްރޭލުން ހިފާފައިވާކަން ނިމުމަކަށް ގެނެސް، ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމަކީ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ހަމަޖެހުމާއި އެއްބަޔަކު އަނެއްބަޔަކަށް ދިރިއުޅެވޭނެ ހަމައެކަނި ގޮތް" ކަމަށާއި މި ސަރަހައްދުގެ މަސްހަލަތު ނުރައްކަލަށް ވައްޓައި ނުލުމަށް ރިއާޔަތްކުރަން ޖެހޭ ކަމަށް ވެސް މިސްރުގެ ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ