އިސްރާއީލްގެ ގައިދީން ހޮނިހިރު ދުވަހު މިނިވަންނުކޮށްފިއްޔާ، ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި

އަންނަ ހޮނިހިރު ދުވަހުގެ ކުރިން އިސްރާއީލުގެ ގައިދީންތަށް މިނިވަންނުކޮށްފިއްޔާ، އަލުން ހަމަލާތައް ފަށާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ހަމާސް އިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ މީހުން ދޫކުރުމަށް ނަތަންޔާހޫ ވަނީ ހަމާސްއަށް އަންގައިފައެވެ. އަދި އެކަން ނުކޮށްފި ނަމަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލާނެ ކަމަށް ވެސް އޢނާ ބުންޏެވެ. މި ގޮތަށް އަންގާފައި ވަނީ  އިއްޔެ 4 ގަޑިއިރަށް ވުރެ ގިނައިރަށް ދިގުދެމިގެންދިޔަ ކެބިނެޓު ބައްދަަލުވުމަށްފަހުއެވެ.

ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެފައިވާތީ އަސީރުން ދޫކުރުން ހުއްޓާލުމަށް ހަމާސުން ވަނީ ނިންމައިފައެވެ. މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުން އުވާލައި ޣައްޒާއަށް ހަމަލާ ދޭން ފަށާނެ ކަމަށާއި "ހަމާސް ނައްތާލުމުގެ" މަސައްކަތް އަލުން ފަށާނެ ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވެސް ބުނެފައި ވަނީ ހަމާސް އިން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާ ނަމަ އިޒްރޭލުން އަލުން ހަމާލާތައް ދިނުން ނޫން ގޮތެއް ނެތް ކަމަށް ބުނެފައެވެ.

އިޒްރޭލާއި ހަމާސް ވެފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން އަސީރުންގެ ގޮތުގައި ހިފަހައްޓާފައިވާ 17 މީހުން ދޫކޮށްލަން ޖެހެއެވެ. މިހާތަނަށް 10 މީހުން ވަނީ ދޫކޮށްލާފައެވެ.