ކުރިއަށް އޮތް ރަމަޟާންމަހު އުމްރާއަށް ދާ މީހުންނަށް އިތުރު 1،500 ޑޮލަރު ހަމަޖައްސައި ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކް އޮފް މޯލްޑީވްސް ބީއެމްއެލަށް މިއަދު އަންގަވައިފިއެވެ.
ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ 1446ވަނަ އަހަރުގެ ރަމަޟާންމަހު ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދަން ފަސޭހަ ގޮތެއް ހަމަޖައްސައިދިނުމުގެގޮތުން، ކޮންމެ ޢުމްރާވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައި ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
މި އިތުރު ލިމިޓަކީ މިހާރު އުމްރާވެރިންނަށް ކަނޑައެޅިފައިވާ ޑޮލަރުގެ ލިމިޓުގެ އިތުރުން ދެއްވާ އަދަދެކެވެ. މިކަން ތަންފީޒުކުރުމަށް ޓަކައި ބޭންކް އޮފް މޯލްޑިވްސް އަދި މަރުކަޒީ ބޭންކަށް (އެމްއެމްއޭ)އަށް އަންގަވައިފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިންމުމަކީ ރަމަޟާންމަހު އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކުގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު