އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ނައިބު ރައީސަކަށް އެކޮމިޝަނުގެ މެންބަރު އަޙްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އަންގައިފުއެވެ.
މިދިޔަ އަހަރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނެވި އިޞްލާހާ އެކު އޭސީސީގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރެއްވޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ. މީގެ ކުރިން ކޮމިޝަނުގެ ރައީސާއި ނައިބު ހޮވަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކޮމިޝަނުގެ ނައިބު ރައީސަކަށް އަޙްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ، ދިރާސާކުރެއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އަހުމަދު ނާޝިދު އެންޓި ކޮރަޕްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަން ކުރެއްވީ މިދިޔަ މަހުގެ 26ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު