މ. ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި ދެ ގެއެއްގެ މައި ފެންހޮޅިއަށް ލިބުނު ގެއްލުމާއި ގުޅިގެން އެކަން މަރާމާތުކުރެވެންދެން ދެ ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވިފައިވާ ކަމަށާއި، މީގެ ތެރޭގައި 20 ބިދޭސީއަކު ވެސް ހިމެނެއެވެ.
އެމްއެންޑީއެފުން ބުނީ މ. ހައުސްޕްލާޒާ ގޭގައި އަލިފާން ރޯވި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މި ގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު ގަޑިއެއްހައިއިރުގެ ތެރޭ އެއްކޮށް ނިއްވާލާފައިވާކަމަށް ބުނެފައި ވެއެވެ. ގިނަދުވަސް ތަކެެއްވަންދެން ފަޅުގެއެއްގެ ގޮތުގައި ހުންނަ މި ގޭގައި އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު