ރަޝިޔާއިން އުކްރެއިނުގެ އިރުމަތީ ސަރަޙައްދުގެ މުހިންމު ސިނާޢީ މަރުކަޒެއް ހިފައިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެފިއެވެ.
ރަޝިޔާއިން އިއްޔެ ބުނެފައިވާ ގޮތުން ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދުގައި ހިމެނޭ ޓޮރެޓްސްކް ނަމަކަށް ކިޔާ ސަރަޙައްދެއް، މަސްތަކެއް ވަންދެން ދެމިގެންދިޔަ ހަނގުރާމައަކަށް ފަހު ރަޝިޔާގެ ބާރުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މިއީ ފަހަކަށް އައިސް ރަޝިޔާއިން ހިފައިފައިވާ އެންމެ ބޮޑު ސަރަޙައްދެވެ.
ޑޮނެޓްސްކް ސަރަޙައްދުގައި ހިމެނޭ މި މަރުކަޒަކީ މަސްތަކެއް ވަންދެން ކްރެމްލިންގެ އަމާޒުގައި އޮތް ސަރަޙައްދެކެވެ. މި ސަރަޙައްދު ހިފުމުން ޔޫކްރެއިނުގެ މުހިންމު ސަޕްލައި މަގުތަކެއް ބަންދުކުރުމުގެ ފުރުޞަތު ރަޝިޔާއަށް ލިބިގެންދާނެއެވެ.
ރަޝިޔާގެ ދިފާޢީ މިނިސްޓްރީން ވިދާޅުވީ "ހަރުދަނާ ހަމަލާތަކެއްގެ ނަތީޖާއެއްގެ ގޮތުން، ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކްގެ "ޖެރްޒިންސްކް ސިޓީ" މިނިވެފައިވާ ކަމަށެވެ. މިއީ އެ ސަރަޙައްދަށް ރަޝިޔާއިން ކިޔާ ނަމެކެވެ.
2022ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދިނުމުގެ ކުރިން މި ސަރަޙައްދުގައި 30،000 މީހުންގެ އާބާދީއެއް ދިރިއުޅެނު ނަމަވެސް، ފާއިތުވި އަހަރުގެ ޖުލައި މަހާ ހަމަޔަށް މި ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުގެ އާބާދީ 90 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށް ސަރަޙައްދީ އިދާރާތަކުން މަޢުލޫމާތު ދީފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ