ފިލިޕީންސްގައި މަތިންދާބޯޓެއް ވެއްޓި 4 މީހުން މަރުވެއްޖެ

ފިލިޕީންސްގެ މަގުންދަނާއޯ ދެލް ސުރު ސަރަޙައްދުގެ އަމްޕަތުއާން ސިޓީގެ ބަރަންގައި މަލަތިމޯންގައި ކުޑަ އަމިއްލަ މަތިންދާބޯޓެއް ވެއްޓި 4 މީހުން މަރުވެއްޖެއެވެ.

މި ހާދިސާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:30 ހާއިރުއެވެ.

ފުލުހުން ވިދާޅުވީ، ވެއްޓުނު މަތިންދާބޯޓަކީ ބީޗް ކިންގް އެއަރ 350 (ބީ350) ގެ މަތިންދާބޯޓެއް ކަމަށެވެ.

އަދި ހާދިސާ ހިނގި ސަރަޙައްދުން ވެއްޓުނު މަތިންދާބޯޓުގެ ބައިތަކުގެ ތެރެއިން މަރުވެފައިވާ 4 މީހުންގެ ހަށިގަނޑު ނަގާފައިވާއިރު ދެ ފިރިހެނުން ހިމެނޭކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މީގެ ތެރޭގައި އޫއެސް ގެ މެރިން އެއްވެސް ހިމެނޭ ކަމަށްބުނެފައިވެއެވެ.

މި ހާދިސާއާ ގުޅޭ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.