ގއ. ހޮސްޕިޓަލުގައި މަރުވި ދެމައިން މަރުވި މައްސަލަ ހެލްތު މިނިސްްޓްރީން ބަލަންފަށައިފި

ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލުން މަންމަޔަކާއި އޭނާގެ ދަރިފުޅު ނިޔާވިކަމަށް ބުނާ މައްސަލަ ބަލަން ފަށާފައިވާ ކަމުގައި ހެލްތު މިނިސްޓްރީން އިއްޔެ ބުނެފިއެވެ.

އެ މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓްގައި ވަނީ، އެހާދިސާ ހިނގައިދިޔަގޮތް ބަލައި އެކަމުގެ ތަފްޞީލްތައް ހާމަކުރާނެ ކަމަށެެވެ.

ގއ އަތޮޅު ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު އިތުރު ފަރުވާއަށް މާލެ ނުގެނެވި ނިޔާވެފައި ވަނީ، އެރަށު ޝިއުނާ ތައުފީޤާއި އޭނާގެ ދަރިފުޅެވެ.