އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

އިމަޖެންސީގައި ދުއްވާފައިވާ ދިޔަ އެމްބިއުލާންސަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ 8:35 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގީ ކުރީގެ ހައުސިންގ މިނިސްޓްރީ ހުރި ސަރަހައްދުގަކަމަށެވެ.

މި އެކްސިޑެންޓުގައި މާބޮޑު އަނިޔާތަކެއް އެއްވެސް މީހަކަށް ނުވީނަމަވެސް ސައިކަލު ދުއްވަން އިން މީހާގެ ނިތްކުރި ދުޅަވެ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ ދެ އުޅަނދުވެސް ދުއްވަން ތިބީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ހުއްދަ އޮތް މީހުން ކަމަށާއި މި އެކްސިޑެންޓު ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުންއަންނަ ކަމަށެވެ.