ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަން ބަދަލުކުރުމަށް އެމެރިކާއިން ގާނޫނެއް ފާސްކުރަނީ!

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ރިޕަބްލިކަން ޕާޓީގެ މެމްބަރުން އަދި ސެނާޓީއިން އެމެރިކާ ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުގައި ހިފާފައިވާ ފަލަސްތީނުގެ "ވެސްޓް ބޭންކް" މި ލަފުޒު ބޭނުންކުރުން މަނާކުރުމަށް ބިލެއް ހުށަހަޅައިފިއެވެ.

އެ މީހުން ހުށައަޅާފައިވާ ބިލުގައި ވާގޮތުގައި "ވެސްޓް ބޭންކް" މި ލަފުޒުގެ ބަދަލުގައި ބޭނުން ކުރާނީ "ޖޫޑިއާ އެންޑް ސަމާރިއާ"އެވެ.

މިއީ ނިރުބަވެރި އިސްރާއީލުގެ ރައިޓް-ވިންގް އަދި ހަރުކަށި ޒަޔަނސްޓު ސެޓްލަރ ވަޒަންވެރިން އާންމުކޮށް ހިފާފައިވާ ވެސްޓް ބޭންކު ސަރަހައްދަށް ކިޔާ ނަމެވެ.

މި ހުށަހަޅާފައިވާ ގާނޫނުގެ މަގުސަދަކީ 1967ވަނަ އަހަރުގެ ހަނގުރާމައިގައި އިޒަރޭލުން ހިފައި ކޮންޓްރޯލުކުރަމުންދާ  ސަރަހައްދަށް އިޒްރޭލު އަމިއްލަތަނެއްކަމަށް ކުރާ ދައުވާ ވަރުގަދަ ކުރުން ކަމަށް ނިއުޔޯކް ޓައިމްސުން ރުޕޯޓުކުރެއެވެ.

ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ތިން މިލިއަނަށް ވުރެ ގިނަ ފަލަސްތީނު މީހުން ދިރިއުޅޭއިރު، އޭގެ ތެރޭގައި 1948ވަނަ އަހަރު ފަލަސްޠީނު އިސްތިއުމާރުކޮށް ނަސްލު ނައްތާލުމަށް ހިފާފައިވާ ފަލަސްތީނުގެ އެކި ހިސާބުތަކުން އެ މީހުންގެ އަމިއްލަ ގެދޮރުން ބޭރުކޮށްލާފައިވާ އެތަށް ސަތޭކަ އާއިލާތައް ވެސް ހިމެނެއެވެ.

މި ބިލް ހުށަހަޅާފައި ވަނީ އަރކެންސޯގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޓޮމް ކޮޓަންއެވެ. އޭނާ ބުނީ އެމެރިކާއިން "ސިޔާސީ ގޮތުން ބޭޏުންކުރެވޭ ލަފުޒު ވެސްޓް ބޭންކް، ބޭނުންކުރުން ހުއްޓާލަން ޖެހޭ" ކަމަށާއި "ޔަހޫދީ ރައްޔިތުންނަށް ޖޫޑިއާ އާއި ސަމާރިއާއަށް ލިބިފައިވާ ގާނޫނީ އަދި ތާރީޚީ ޙައްޤުތައް އެތައް ހާސް އަހަރެއް ކުރިން" އޮތް ކަމަށާއި އެމެރިކާއިން އެކަން ދަމަހައްޓައި ދޭން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ނިއުޔޯކުގެ ރިޕަބްލިކަން ޕާޓީގެ ރެޕްރެޒެންޓޭޓިވް ކްލައުޑިއާ ޓެނީ ވަނީ އިޒްރޭލުގެ ދައުވާތަކަށް ތާއީދުކުރާ ސިޔާސަތުތައް ކުރިއެރުވުމަށް ޚާއްސަ ކޮންގްރެސް ކޮންގްރެސްގައި ގްރޫޕެއް އުފައްދާފައެވެ. އެއީ ފްރެންޑްސް އޮފް ޖޫޑިއާ އެންޑް ސަމާރިއާ ކޯކަސްއެވެ.