ޒަޔަނިސްޓް އެކްސްޓްރީމިސްޓް ގްރޫޕް "ބެޓާ" އިން ޕެޖަރ ބޭނުންކޮށްގެން އެންވައިގައި މަޝްހޫރު ޕްރޮފެސަރު ނޯމަން ފިންކަލްސްޓެއިންއަށް އިންޒާރު ދީފި

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޖަރީމާތަކާއި ވަޒަންވެރިވެގަތުމުގެ އިސްތިއުމާރީ އަމަލުތަކަށް ޒަމާނުއްސުރެ ފާޑުކިޔާ މަޝްހޫރު ޕްރޮފެސަރ ފިންކަލްސްޓެއިންއަށް ޒަޔަނިސްޓުން އިންޒާރު ދީފިއެެވެ.

.ޒަޔަނިސްޓް ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ "ބެޓާ"އިން ވަނީ ނޯމަން ފިންކަލްސްޓައިންގެ ޖީބުގައި ޕޭޖަރެއް ބާއްވައިގެން ނިއުޔޯކްގެ މަގުތަކުގައި އޭނާއަށް އުނދަގޫކޮށްފަ އެވެ. ހަރުކަށި ފިކުރުގެ މީހާ "އޭ، މިއޮތީ ކަލޭގެ ޕޭޖަރ ނޯމަން" އޭ ބުނާ އަޑު އިވޭ ވީޑިއޯއެއް މީސްިިިމީޑިއާގައި ވަނީ އާންމުވެފައެވެ. 

މި ހަމަލާދިން ފަރާތްތަކުން "ޕޭޖަރ" އިޝާރާތްކުރަނީ 2024ވަނަ އަހަރު ލެބަނާންގައި އިސްރާއީލުން ހިންގި ޓެރަރިސްޓް ހަމަލާއަށެވެ. މި ހަމަލާގައި ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮށްވާލާފައި ވެއެވެ. މި ހަމަލާގައި 42 މީހުން މަރުވެ، 3،500އަށްވުރެ ގިނަ އާންމު ރައްޔިތުންނަށް އަނިޔާވެފައި ވެއެވެ.

އެމެރިކާގެ ޔަހޫދީ ސިޔާސީ ސައިންޓިސްޓެއް އަދި ހޮލޯކޯސްޓްގެ މާހިރެއް ކަމުގައިވާ ޑރ. ނޯމަން ފިންކެލްސްޓައިންއަށް، ފާއިތުވި އަހަރު ލަންޑަންގައި ބޭއްވުނު ގްލޯބަލް ޕީސް އެންޑް ޔުނިޓީ ކޮންފަރެންސްގައި ވަރަށް ހޫނު މަރުޙަބާއެއް ލިބި، އޯޑިއަންސްގެ ފަރާތުން ކޮޅަށް ތެދުވެ އަޑުގަދަކޮށް އަތްތިލަބަޑިޖެހުން ލިބުނެވެ.

މި އިވެންޓަކީ މުސްލިމުން އިންތިޒާމުކުރާ އިވެންޓެކެވެ. މި އިވެންޓުގައި އޭނާ އަލިއަޅުވާލާފައި ވަނީ އޭނާ ކިޔާ ގޮތުގައި "ޕިއަރސް މޯގަން ސުވާލުތަކަށެވެ." އަދި ގިނަ ޒައިއޮނިސްޓުން އޮކްޓޯބަރު 7ގެ ކުރިން ހިނގި ކަންތައްތަކަށް އަހައްމިއްޔަތުކަން ނުދޭކަން ފާހަގޮށްފައި ވެއެވެ.

ވޯޓަރލޫ ޔުނިވަރސިޓީގައި ބޭއްވި އާންމު ލެކްޗަރެއްގައި، ޑރ. ފިންކެލްސްޓައިން ވަނީ "ޔަހޫދީން ނާޒީންނާ" އަޅާކިޔާ އެމައުލޫއަށް ވާހަކަދަށްކައިފައެވެ. މި ކަމުގެ ސަބަބުން ޔަހޫދީ ދަރިވަރުން ވަނީ ހިންހަމަ ނުޖެހުން ފާޅުކިށްފައެވެ. އަމިއްލައަށް ޔަހޫދީއެއް ކަމުގައިވާ ފިންކެލްސްޓައިން ޙަޤީޤަތުގައި އަޅާކިޔަމުން ދިޔައީ ޒައިއޮނިސްޓުނާ ނާޒީންނާއެވެ.

ޑރ. ފިންކެލްސްޓައިން ދަނީ ފަލަސްޠީނުގެ މިނިވަންކަމާއި އިންސާފަށް ނުވަތަ ޢަދުލު އިންސާފަށް ޓަކައި ހުއްޓުމެއްނެތި މަސައްކަތްކުރަމުންނެވެ. އޭނާ މިކަން ކޮށްފައިވަނީ އެކަޑަމިކް ދާއިރާގައި ވަރަށް އިޙްތިރާމާ އެކުގައެވެ. މީގެ އިތުރުން، އޭނާއާ ޚިޔާލު ތަފާތުވާ ފަރާތްތަކާ އެކު ގުންޑާ އުސްލޫބުން ކަންތައް ނުކޮށެވެ. ޑރ. ފިންކެލްސްޓައިންގެ ފަލަސްޠީނާ ގުޅޭ ޝާއިޢުކުރެވިފައިވާ ފޮތްތަކުގެ ތެރޭގައި 'އިމޭޖް އެންޑް ރިއަލިޓީ އޮވަރ އިޒްރޭލް-ޕެލެސްޓައިން ކޮންފްލިކްޓް' އަދި 'ގާޒާ: އެން އިންކުއެސްޓް އިންޓު އިޓްސް މާޓަރޑަމް' ހިމެނެއެވެ.