މޯލްޑިވިއަނުން ތައިލެންޑަށާއި މެލޭޝިއާއަށް ދަތުރުތައް ފަށަން އެޖެންޓުން ހޯދަނީ!

ގައުމީ އެއާލައިން، މޯލްޑިވިއަނުން އިތުރު ދެ ގައުމަކަށް ދަތުރުތައް ފަށަން ސޭލްސް އެޖެންޓުން ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

މޯލްޑިިވިއަނުން މިއަދު ކުރި އިއުލާންގައި ބުނީ ސޭލްސް އެޖެންޓުން ހޯދަނީ މެލޭޝިއާއަށާއި ތައިލެންޑަށް ކަމަށެވެ. އެއީ ތައިލެންޑް ވެރިރަށް އަދި މެލޭޝިއާގެ ވެރިރަށަށް ދަތުރުތައް ބޭއްވުމަށެވެ. އެކަަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 11އިގެ ކުރިން އެކަށް މޯލްޑިވިއަނަށް ލިއުމުން ހުށަހެޅުމަށް ވަނީ އެދިފައެވެ.

މޯލްޑިވިއަނުން މެލޭޝިއާއަށާއި ތައިލެންޑަށް ދަތުރުތައް ފަށާއިރު މިދިޔަ މަހު ފަހުކޮޅު ވަނީ ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް ޗައިނާގެ ތިން މަންޒިލަކަށް ވެސް ދަތުރުތައް ފަށައިފައެވެ. ޗައިނާގެ އިތުރުން މޯލްޑިވިއަނުން އިންޑިއާގެ ދެ މަންޒިލަކަށް ވެސް ދަތުރުތުރުކުރެއެވެ.