ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ ތޫބާސްގެ ތަޔާސީރް ޗެކްޕޮއިންޓަށް ދިން ހަމަލާއެއްގައި އިސްރާއީލުގެ ނިރުބަވެރި 2 ހަނގުރާމަވެރިން މަރުވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުގައި ބުނެފައި ވާ ގޮތުން ފަލަސްތީނުގެ މުޖާހިދަކު ތަޔާސީރް ޗެކްޕޮއިންޓަށް ވަދެފައި ވަނީ ފައިމަގުގައި ރޭގަނޑުގެ ވަގުތެއްގައެވެ. އަދި އިސްރާއީލުގެ ނިރުބަވެރިންނަށް ހަމަލާދީފައި ވަނީ ފަލަސްތީނުގެ ގަޑިން ގާތް ގަނޑަކަށް 6 ޖެހިއިރުގައެވެ.
މި ހާދިސާގައި އިސްރާއީލުގެ ސިފައިންގެ ދެ މީހުން މަރާލާފައި ވާއިރު، އިތުރު 6 މީހަކަށް އެކިވަރުގެ އަނިޔާވި ކަމަށާއި އަދި އެ މަރުކަޒަށް ވެސް އެކިވަރުގެ ގެއްލުންވެފައި ވާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ހަމަލާދިން މުޖާހިދު ޝަހީދުކޮށްލާފައި ވާ ކަމަށެވެ. ނަމަވެސް މުޖާހިދަކީ ކާކުކަން އެންގިފައި ނުވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައި ވާ ގޮތުގައި މުޖާހިދު ހަމަލާދިނުމަށް ބޭނުން ކޮށްފައި ވަނީ އެމް-1633 މެޝިންގަން އެކެވެ.
މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި ހާދިސާގައި އަނިޔާ ލިބުނު މީހުން ފަރުވާއަށް ގެންދެއެވެ. އަދި ހެލިކޮޕްޓަރުތަކުން ހަމަލާތައް ބަދަލުކުރަމުންދިޔަ މަންޒަރު ވެސް ފެނިގެން ދިޔައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ