މާވެޔޮމަގުގައި ހުންނަ ކެފޭއެއްގެ ކައްކާއަކާއި އެހީތެރިޔަކާއި ދެމެދު ވަރުގަދަ މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ އިއްޔެ ކަމަށެވެ.
އެ ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އެހީތެރިޔާގެގެ ހާލު ސީރިއަސް ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.
ސޯޝަލް މީޑިއާގައި މި ހާދިސާގެ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އެ ވީޑިއޯއިން ފެންނަނީ ކެފޭގެ ބަދިގޭގެ ޓައިލްސް މަތީގައި ދެމީހުން ހިފައިގަނެގެން އުޅޭ މަންޒަރެވެ. ޓައިލްސް މަތީގަޔާއި ދެ މީހުންގެ ގައިގައި ވެސް ގިނަ އަދަދަކަށް ލޭ ވެސް ހުއްޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު