އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް، މާލޭ ސަރަހައްދުގެ ސަރުކާރު ހޮސްޕިޓަލްތަކުން ޚިދުމަތް ދޭނެކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އައިޖީއެމްއެޗުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ނަމަވެސް އެ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗާއި ވިލިމާލެ ހޮސްޕިޓަލުން ދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ނިންމާފައި ވަނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު