ފަލަސްތީނަށް ތާއީދުކުރި ޗައިނާ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފި

އެމެރިކާގެ ޔުނިވަރސިޓީ އޮފް ކެލިފޯނިއާ، ލޮސް އެންޖެލެސް (ޔޫސީއެލްއޭ)ގައި ފަލަސްތީނަށް ތާއީދުކޮށް ހިންގި ހަރަކާތްތަކެއް އިންތިޒާމުކުރި ޗައިނާގެ ދަރިވަރެއްގެ ވިސާ އެމެރިކާއިން ބާޠިލުކޮށްފިއެވެ.

ޔޫސީއެލްއޭގެ ކެމްޕަހުގައި ބޭއްވި މި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ދަރިވަރުންނާއި އެކްޓިވިސްޓުން ބައިވެރިވެފައި ވެއެވެ. މި ހަރަކާތްތައް އިންތިޒާމުކުރި ޗައިނާ ދަރިވަރުގެ ވިސާ ބާޠިލުކޮށްފައި ވާކަން މި ހަފްތާގެ ކުރީކޮޅު އެމެރިކާގެ އިމިގްރޭޝަން އޮތޯރިޓީތަކުން އަންގާފައި ވާކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ވިސާ ބާޠިލުކުރި ސަބަބު އެމެރިކާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެެވެ.