ޢަބްދުލް ވައްހާބު ސަލީމް އިނގިލި ބުރިކޮށްލެވުނުމީހާއާ އެކު
ޗައިނާ މީހަކު އިސްލާމްވުމުން އޭނާގެ އިނގިލިތަކެއް ބުރިކޮށްލެވުނު ވާހަކަ ކިޔައިދިނީ ޗައިނާގެ އަޔަން މިސްކިތުގައެވެ. މި ވާހަކަ ފޭސްބުކްގައި އާންމުކޮށް އިޢުލާނުކުރީ އަބްދުލް ވައްހާބު ސަލީމެވެ.
އަބްދުލް ވައްހާބު އޭނާގެ ފޭސްބުކްގައި ލިޔެފައި ވަނީ ޗައިނާގެ މި މީހާ އިސްލާމްވުމުން އޭނާގެ ބައްޕަ އެ ކަމާ ރުޅިއައިސްގެން އިސްލާމްވި ދަރީގެ ވައަތުގެ ބައެއް އިނގިލިތައް ބުރިކޮށްލީ އޭނާ އިސްލާމްދީނާ ދުރުކުރުމަށެވެ. ނަމަވެސް އެދިން އަނިޔާއަކީ ދީނާ އޭނާ އިތުރަށް ކައިރިވި ކަމެއްގެ ގޮތުގައި ނޫނީ ނުވިއެވެ.
"ޙަޔާތުގައި ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް، ޢަޤީދާ ބަދަލުކޮށް، ދީން ދޫކޮށްލާވަރުގެ ކަމެއް ދިމާ ނުވާނެއެވެ." ޢަބްދުލް ވައްހާބް ސަލީމު ބުންޏެވެ.
ޢަބްދުލް ވައްހާބު އެ ޕޯސްޓުގައި އިތުރަށް ލިޔެފައި ވަނީ "ﷲއަށް އީމާންވުމުގެ ޙަޤީޤީ މާނަ ތިބާއަށް އެނގިއްޖެއްޔާ، އެކަން ވާނީ ތިބާއަށް ދިމާވާ ހުރިހާ މުޞިބާތެއްގެ މައްޗަށް ހިތްވަރު ހޯދާ އެއްޗެއްގެ ގޮތުގައެވެ. އަދި ހަމަ އެހެންމެ ޙަޔާތައިގެން ކުރިޔަށް ދިއުމަށް ލިބޭ ބާރަކަށެވެ."
ކުރިން ބުދުދީނަށް އުޅެމުންދިޔަ އެ މީހާއަށް ﷲ އެ ވަނީ އެއިލާހުގެ ދީނަށް މަގުދައްކަވައި، އަލިފާނުގެ ހޫނުން ސަލާމަތް ކުރައްވައިފައެވެ. އޭނާއަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ.
ޙަޤީޤީ ކާމިޔާބަކީ ނަރަކައިން މުއްތިކުރެވި ސުވަރުގެއަށް ވަދެވުމެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ