ކޮންމެސް ކަމެއް ކުރަމާ...

10 މަސް ކުރިން
|
0

ކުރާނެ ހަރުދަނާ މަސައްކަތެއް ނެތިފައި، ދިރިއުޅުމުގައި ދާނެ މިސްރާބެއް ނޭނގިފައި ތިބެނީ ކިތައްޒުވާނުންހެއްޔެވެ؟ވަގުތުގިނަވެ، އެ ވަގުތު-ތަކުގައި ކުރާނެ ކަމެއް ނެތި ހުސްއަތާ ތިބޭ އެތައް ބަޔަކުއަޅުގަނޑުމެންގެމުޖްތަމަޢުގައިވެސްއުޅެއެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. އިންސާނާގެ ޙަޔާތުގެ ވަގުތުތަކަކީ އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ރައުސްމާލެވެ.

ދިރިއުޅުމަށް މަސައްކަތެއް ކުރުމަކީ ރިޒުޤު ހޯދުމަށް އޮތް މަގެއް އެކަންޏެއް ނޫނެވެ. ދިރިއުޅުމަށް މަސައްކަތް ކުރުމަކީ މާތް ﷲގެ އަމުރުފުޅަށް ކިޔަމަންގަތުން ވެސް އެ ކަމުގައި ހިމެނޭ ކަމެކެވެ. އަދި ކިއެއްތަ! ހެޔޮ ނިޔަތަކާ އެކު ދިރިއުޅުމަށް މަސައްކަތެއްކުރުމަކީ ދަރުމައާއި ސަވާބު ލިބޭނޭ ހެޔޮ ޢަމަލެއް ކަމުގައި ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ وَإِلَيْهِ النُّشُورُ﴾ (الملك: ١٥)‏ މާނައީ: "އެކަލާނގެއީ، ތިޔަބައިމީހުންނަށް ޓަކައި، ފަސޭހަތަނެއް ކަމުގައި ބިންގަނޑު ލެއްވި ރަސްކަލާނގެއެވެ. ފަހެ، އެ ތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގައި ދަތުރުކުރާށެވެ! އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ! އަލުން ދިރުއްވައި ފޮނުއްވުންވަނީ، އެކަލާނގެ ޙަޟްރަތަށެވެ."

މީސްތަކުންގެ ގާތަށް ސަލާންޖަހަން ދިޔުމަކީ އިސްލާމްދީނުގައި ހިތްވަރުދޭ ކަމެއް ނޫނެވެ. ތިމާގެ އަތުން ކުރާ މަސައްކަތުން ހޯދާ ތަކެއްޗަކީ އެންމެ ހެޔޮ ތަކެތި ކަމުގައި ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ވަނީ ޙަދީޘްކުރައްވައިފައެވެ. "مَا أَكَلَ أَحَدٌ طَعَامًا قَطُّ، خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ، وَإِنَّ نَبِيَّ اللَّهِ دَاوُدَ عَلَيْهِ السَّلاَمُ، كَانَ يَأْكُلُ مِنْ عَمَلِ يَدِهِ" (رواه البخاري، رقم: 2072) މާނައީ: "އެއްވެސް މީހަކު، އެ މީހެއްގެ އަމިއްލަ އަތުން ކުރާ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ކާ ކަމުގައެއް ނުވެއެވެ. އަދި ހަމަކަށަވަރުން، ﷲގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމު، ފަރީއްކުޅުއްވައި އުޅުއްވީ، އެ ކަލޭގެފާނު އަމިއްލައަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުން ހޯއްދަވާ އެއްޗެކެވެ."

ރިޔާޟުއްޞާލިޙީން ދިވެހިބަހަށް ގެންނެވި މުތަރުޖިމު މި ޙަދީޘްއަށްފަހު ލިޔުއްވައިފައި ވެއެވެ. "މި ބާބުގައި އައިސްފައިމިވާ ޙަދީޘްތަކަކީ ވެސް، ދިރިއުޅުމަށް ޓަކައި ހުއްދަ މަސައްކަތެއްކޮށް، ސަލާންޖެހުމުގެ ނުބައިކަމުން ސަލާމަތްވުމަށް ބާރު-ލައްވައިފައިވާ ޙަދީޘްތަކެކެވެ. މި ގޮތުން ބަލާއިރު، މީސްތަކުންކުރެ އެބަޔެއްގެ މަސްއޫލިއްޔަތާއި ޒިންމާ އެންމެ ބޮޑު ބަޔަކު ކަމުގައިވާ، މާތް ނަބީބޭކަލުންނާއި ރަސޫލުބޭކަލުން ވެސް، އެ ބޭކަލުންގެ ކޮނޑުފުޅުގައި އެޅިފައިވާ ބުރަ މަސްއޫލިއްޔަތާ އެކުގައި ވެސް، ދިރިއުޅުމަށް ޓަކައި ހުއްދަ މަސައްކަތެއް ކުރައްވާނެ ވަގުތު ހޯއްދަވައެވެ. މީސްތަކުންގެ މަސައްކަތުން ހޯދާ ތަކެތީގެ މައްޗަށް ބަރޯސާވެވަޑައިގަންނަވާ ބޭކަލުން ކަމުގައި އެއިން އެއްވެސް ބޭކަލަކު ވެވަޑައިނުގަނެއެވެ. އަދި އެ ބޭކަލުން އަމިއްލަފުޅަށް މަސައްކަތްޕުޅު ކުރައްވައިގެން، އެ ބޭކަލުންގެ ދިރިއުޅުއްވުމުގެ ކަންތައްތައް ފުރިހަމަކުރައްވައި އުޅުއްވިކަން ހާމަކުރައްވައިފައި ވެއެވެ."