ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެއްޓެއްގައި މީހަކު މަރުވެއްޖެ

މިއަދު ހެނދުނު ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް ފިރިހެނަކު މަރުވެފައިވާ ކަމަށް މޯލްޑީވްސް ޕޮލިސް ސާވީސަސްއިން ބުނެފިއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުގައި މަސައްކަތް ކުރާކަން ދެއްކުމަށް ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންކަމަށެވެ. އަދި އެކްސިޑެންޓްވުމާ ގުޅިގެން އެ މީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:00 ހާއިރު އޭނާ މަރުވީ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

 ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.