ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފާވާ ކަމަށް މިއަދު ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް" އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ ގުޅޭ ގޮތުން، ރަށު ކައުންސިލުން ސަރުކާރާ އެކު އެތައް މަޝްވަރާތަކެއް ވެސް ވަނީ ބާއްވައިފައެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވެ އެ ކަމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ހިޔާލު ހޯދުމަށް ހިރިމަރަދޫ ކައުންސިލުން ހަނިމާދޫ ކައުންސިލަށް ފާއިތުވި އަހަރު ސިޓީ ފޮނުވައިފައި ވެއެވެ.

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަނިމާދޫ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފައިވެއި ވެސް ވެއެވެ.