މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފި!

ގައުމީ އެއާލައިން (މޯލްޑިވިއަން) ގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ ހައްލުކޮށްފައިވާކަމަށް އެ އެއާލައިން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިއަދު އެކްސް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެ އެއާލައިނުގެ ބުކިން ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ އެއާލައިން އިން ދަތުރުކުރާ ބައެއް ރޫޓްތަކުގެ އަގުތައް ބޮޑު ކަމަށް ދައްކާ ކަމަށެވެ.

މޯލްޑިވިއަނުން ވިދާޅުވެފައިވަނީ އެ އެއާލައިނުގެ ބުކިން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި އޮންލައިންކޮށް މިހާރު ބުކިން ހެއްދޭނެ ކަމަށް ވެސް ބުންޏެވެ.

މޯލްޑިވިއަނުން ވިދާޅުވީ އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.