އިރާގުގައި ހިމާޔަތް ހޯދައިގެން އުޅޭކަމަށް ބުނާ ސަލްވާން މޮމިކާ މަރާލައިފިކަމަށް ޚަބަރުތަކުން ރިޕޯޓުކުރެއެވެ.
މީނާއަކީ އެތައް ފަހަރަކު މުސްލިމުންނަށް ކުޑައިމީސްކުރުމާއި ފައުޅުގައި ކީރިތި ޤުރުއާނަށް އިހާނެތިކޮށް ހިތާކަމުގެ ރެކޯޑު އޮންނަ މީހެކެވެ. އާންމުތަންތަނުގައި ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ އިސްރާއީލުގެ ދިދަ ހިފައިގެންހުރެ ކީރިތި ޤުރުއާން ބިންމައްޗަށް ވައްޓާ އެއަށް ފައިންއަރާ ހުރެގެން އިސްލާމްދީނަށް ފުރައްސާރަކުރާ މަންޒަރު ދައްކުވާ ވީޑިއޯތައް މީނާ ވަނީ އެތައް ފަހަރަކު އާންމުކޮށްފައެވެ.
މީނާގެ މި ވިޔާނުދާ ހަރަކާތްތަކަށް ނުހުރޭ ކޮންމެސް ބަޔަކު މީނާއަށް ހަމަލާއެއްދީ މަރާލައިފައި ވަނީ، ޓިކްޓޮކް ވީދިއޯއެއްގައި ވަގުތުން (ލައިވްކޮށް) ވަހަކައެއް ދައްކަމުން ދަނިކޮށެވެ.
ޓިކްޓޮކް ވީޑިއޯ ގެ ތެރެއިން މީނާއަށް ހަމަދިން ފަހުން ވެސް ވީޑިއޯ ކުރިޔައްދިޔައެެވެ. ކޮންމެސް މީހަކު އެ ޚަބަރު ފުލުހުންނަށް ދިނުމުން، ފުލުހުން އެތަނަށް އައިސް އޭނާގެ ވީޑިއޯ ނިންވައިލީއެވެ.
ދުނިޔޭގެ މަސްލަޙަތައް މަސައްކަތް ކުރާކަމަށް ދައުވާކުރާ ޖަމިއްޔާޖަމާޢަތްތަކުން މިހާރު އަންނަނީ އޭނޭގެ މަރާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. އޭނާއަށް ޙައްޤު ހޯދައި ދިނުމަށެވެ. ހިތާމައަކީ އޭނާ ކުރަމުންދިޔަ ގަނާއާއި ފުރައްސާރައިން އެހެން ބަޔަކަށް ލިބެމުންދިޔަ ގެއްލުމުގެ ވާހަކަ އެއިން އެއްވެސް ބަޔަކު ނުދައްކާ ކަމެވެ. އޭނާގެ އެ ޢަމަލުގެ ސަބަބުނުް މުސްލިމުނަށް ކުދައިމީސްވަމުން ދިޔައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު