ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ތޫބާސް ޑިސްޓްރިކްޓުގެ ޠަމޫން ޓައުނަށް ޑްރޯންއިން ހަމަލާއެއްދީ 10 މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާ އަމާޒުކޮށްފައިވަނީ ޠަމޫން ޓައުންގެ ގެއަކަށެވެ. މީޑިއާތަކުގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި އެތަނުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި މައުލޫމާތުލިބިފައި ވާ ގޮތުގައި އެ ތަނުގައި ގޭސް ސިލިންޑަރުތަކެއް ވެސް ހުއްޓެވެ.
މި ހަމަލާގައި ޠަމޫން ބެޓާލިއަންގެ ކޮމާންޑަރު ވެސް ވަނީ ޝަހީދުކޮށްލާފައެވެ.
އަދި އެއް އާއިލާއެއްގެ 6 މީހުން ވެސް މި ހަމަލާގައި ޝަހީދުކޮށްލާފައި ވެއެވެ.
އިސްރާއީލުން ގަދަކަމުން ވެރިވެގަންފައި ވާ ފަލަސްތީނުގެ ހުޅަންގުގެ އައްސޭރީގައި ހިންގަމުންދާ ނިރުބަވެރި އޮޕަރޭޝަންތަކުގައި 36 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އެއީ ޖިޖީނުން 18 މީހުނާއި ޠުލްކްރަމުން 8 މީހުނާއި ޠަމޫނުން 10 މީހުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ