ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނައި ދެ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އިމިގްރޭޝަނާ ހަވާލުކޮށްފައިވަނީ އިންޑިއާގެ ދެ މީހުން ކަމުގައިވާ، އަކާހިލް ތަޕްރަވަން (29އ) އާއި އަމްދާ ޕަންޑިއަން (44އ) ކަމަށެވެ.
މީގެ އިތުރުން މި މަހުގެ 28ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރިއިރު ބަަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ބާލިދީއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ރާބުއިމާ ރާ ވިއްކުމަކީ ﷲ ޙަރާމްކުރައްވާފައިވާ ކަމެކެވެ. ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ވަނީ ރަލާގުޅިގެން ދިހަ ފަރާތަކަށް ލަޢްނަތް ލެއްވާފައެވެ.
عن أَنَسٍ بْنِ مَالِكٍ قَالَ لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشْرَةً عَاصِرَهَا وَمُعْتَصِرَهَا وَشَارِبَهَا وَسَاقِيَهَا وَحَامِلَهَا وَالْمَحْمُولَةُ إِلَيْهِ وَبَائِعَهَا، وَمُبْتَاعِهَا، وَوَاهِبَها وَآكِلَ ثَمَنِهَا މާނައީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބުން މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “ސަލާމާއި ޞަލަވާތްލެއްވި ރަސޫލުއް ﷲ ގެފާނު ރަލުގައި ދިހަ ފަރާތަކަށް ލަޢްނަތް ލެއްވިއެވެ. ރާ ތައްޔާރުކުރާ މީހާއާއި، އެ މީހަކަށްޓަކައި ރާ ތައްޔާރުކޮސްދެވުނު މީހާއާއި، އަދި ރާ ބޯ މީހާއާއި، ރާ ބޯންދެވޭ މީހާއާއި، ރާ އުފުލާ މީހާ އާއި، ރާ އެމީހަކަށްޓަކައި އުފުލެވޭ މީހާއާއި، ރާ ވިއްކާ މީހާއާއި، ރާ ގަންނަ މީހާއަށާއި، ރާ ހިބަކޮށްދޭ މީހާއާއި ރަލުގެ އަގުން (ލިބޭ ފައިސާއިން) ބޭނުން ކުރާ މީހާއަށެވެ.
މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލަ ގެންދަނީ ފުލުހުން އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު