ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަކޮށްފި

1 އަހަރު ކުރިން
|
0

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ހަތިޔާރުއެޅި ނިރުބަވެރި ހަނގުރާމަވެރިން ހުޅަނގު އައްސޭރީގެ އުތުރުގައި ޢަމަލިޔާތް އަލައަސްވާރް އަލްޙަދީދަށް ނުވަތަ އޮޕަރޭސްން އަޔަން ވޯލްސް ނަމުން ނަންދީ ފަށާފައިވާ  އޮޕަރޭޝަން އިތުރަށް ފުޅާކޮށް، ޖެނިންގެ އިތުރުން ތުލްކަރަމް ސިޓީއަށް އަމާޒުކޮށް ހަމަލާތައް ފަށައިފިއެވެ.

ފަލަސްތީނުގެ މީޑިޔާތަކުން ބުނެފައިވާގޮތުގައި އިސްރާއީލް ސިފައިން ވަނީ ހޯމަ ދުވަހުން ފެށިގެން ތުލްކަރަމް އަދި އެސަރަހައްދުގެ ދެ ރެފިއުޖީ ކޭމްޕް ކަމުގައިވާ ނޫރު ޝަމްސް އަދި ތުލްކަރަމް ކޭމްޕަށް ހަމަލާދީ، އެސަރަހައްދު މިލިޓަރީ ބެރެކްސްތަކަކަށް ހަދާފަކަމަށެވެ.

މި ކަމަުގެ ސަބަބުން ގިނަ އަދަދެއްގެ އާއިލާތަކެއް ވަނީ އެ މީހުންގެ ގެތައް ދޫކޮށް ދިއުމަށް މަޖުބޫރުވެފައެވެ.

ތުލްކަރަމް ކޭމްޕުގެ ހިދުމަތްތަކުގެ ކޮމިޓީގެ އިސްވެރިޔާ ވިދާޅުވީ އިސްރާއީލް ސިފައިން ފަލަސްތީނުގެ މަދަނީ ރައްޔިތުން ހިއުމަން ޝީލްޑުގެ ގޮތުގައި ބޭނުކުރަމުންދާ ކަމަށެވެ. އަދި އިންފްރާސްޓްރަކްޗަރ ހަލާކުކޮށް ގެތަކަށް ބޮންއަޅައި ގެތައް ވެސް ސުންނާފަތިކުރަމުންނެވެ. އަދި ޖެނީންގެ ހާލަތަކީ ވެސް މިއީއެވެ.

އެގޮތުން އިއްޔެ އިސްރާއީލުން ވަނީ ތުލްކަރަމްގައި އިސްރާއީލްގެ ޑްރޯން ހަމަލާއެއް ނޫރް ޝަމްސް ކޭންޕުގައި ދުއްވަމުންދިޔަ ކާރަކަށް އަމާޒުކޮށް ފައިވާއިރު މި ހަމަލާގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުކޮށްލާފައިވާއިރު، އިތުރު ތިން މީހުން ވަނީ ޒަހަމްވެފައެވެ.

އަދި މީގެ އިތުރުން އިސްރާއީލުންވަނީ ރޭ ތުލްކުރަމްގެ ދެކުނުގައި މީހަކު ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލާފައެވެ.

މި އޮޕަރޭޝްގައި ޖެނިންގައި އެކަނި އެއް ހަފްތާ ތެރޭގައި  ފަލަސްތީނުގެ 16 ރައްޔިތުން ވަނީ ޝަހީދުކޮށއލާފައެވެ އަދި 50 މީހުން ވަނީ ޒަހަމްވެފައެވެ. އަދި މީގެ އިތުރުން އެތައްބައެެއްވަނީ ހައްޔަރުކޮށްފައެވެ.