އަންރުވާގެ ޙަރަކާތްތައް ފަލަސްތީނުގައި އިސްރާއީލުން މަނާކުރަނީ

1 އަހަރު ކުރިން
|
0

30 ޖަނުވަރީ ވާ ބުރާސްފަތި ދުވަހުން ފެށިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވާ އދ ގެ ޖަމިއްޔާއެއް ކަމަށްވާ އަންރުވާ ޖަމިއްޔާ ފަލަސްތީނުގައި މަނާކުރަން ހައްދުފަހަނަ އަޅާފައިވާ ނިރުބަވެރި އިސްރާއީލުން ނިންމައިފިއެވެ.

އަންރުވާއަކީ ފަލަސްތީނުގައި ޔަހޫދީން ހިންގާ ނިރުބަވެރި ހަމަލާތަކުގައި ހާލުގައި ޖެހޭ ރައްޔިތުންނަށް ތައުލީމާއި ބޭސްފަރުވާ އަދި ކާނާ ފޯރުކޮށްދޭ ޖަމިއްޔާއެެވެ. އދ އިން ވެސް ވަނީ ޔަހޫދީންގެ މި ނިންމުމާއި ދެކޮޅު ހަދައި، މި ކަމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން އިތުރު ނިކަމެތިކަމަކަށް ވެއްޓޭނެ ކަމަށް ބުނެފައެވެ.

އެހެންނަމަވެސް، ޔަހޫދީން ވަނީ 48 ގަޑިއިރުގެ ތެރޭގައި އިރުމަތީ ގުދުސް ދޫކޮށް ދިޔުމަށް އަންރުވާއަށް އަމުރުކޮށްފައެވެ. އެ ޖަމިއްޔާގެ މުއައްޒަފުން ވަނީ ތަކެތި ބަންދުކޮށް ޓްރަކްތަކަށް އެރުވުމުގެ މަސައްކަތް ފަށާފައެވެ.