ގޭސް ލީކުވެފައި ހުއްޓައި އުނދުން ރޯކުރަނިކޮށް ކުއްޖަކު ފިހުނު މައްސަލައެއް ބަލަނީ

ހުޅުމާލޭގެ އެޕާޓްމަންޓެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ކުޑަކުއްޖަކު ފިހުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ 13 އަހަރުގެ ފިރިހެން ކުއްޖަކު ފިހިގެން ފަރުވާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. 

ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގި ގޮތް ބެލުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށެވެ.