ނިމިދިޔަ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) ކަމަށެވެ.
ފުލުހުން ވުދާޅުވީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 22ވަނަ ދުވަހު ކަމަށެވެ.
ފުލުހުން ވިދާޅުވީ މި އަންހެން މީހާ ހޯދުމުގެ މަސައްކަތަ ކަމާބެހޭ ފަރާތްތަކާ އެކުގައި ކުރަމުންދާކަަމަށެވެ.
ފުލުހުން ވިދާޅުވީ އޭނާ ޓުއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13ވަނަ ދުވަހުކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސުން 2024 އޮކްޓޫބަރު 24ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާ ކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައި ނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާކަމަށެވެ.
ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099އަށް ގުޅުއްވައި އެ މައުލޫމާތު ދެއްވުން ފުލުހުން އެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު