ޣައްޒާގެ އުތުރަށް އެނބުރި ދިއުމަށް މަސައްކަތްކުރާ ފަލަސްތީނުގެ އެތައް ހާސް މީހުން އުތުރަށް ދިއުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނެފިއެެވެ.
ފަލަސްތީނު މިނިވަންކުރުމަށް ޖިހާދުކުރަމުންދާ ހަމާސްގެ މުޖާހިދުންނާއި ނިރުބަވެރި އިސްރާއީލާ ވެފައިވާ އެއްބަސްވުމުގައި 26 ޖެނުވަރީ ވާ އާދިއްތަ ދުވަހުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންބުރި އުތުރުގައި ހުރި އެމީހުންގެ ގެތަކަށް ދިއުން ހިމެނެއެެވެ.
ނަމަވެސް އިސްރާއީލުގެ ސިފައިން މިކަމަށް ހުރަސް އަޅައި ޣައްޒާގެ އުތުރުގައިވާ އެމީހުންގެ ގެތަކަށް އެނބުރި ދިއުމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ބާޑިޖަހައި، އެކަކު ޝަހީދުކޮށްލާފައިވާއިރު އެތައްބައެއްވަނީ ޒަހަމްކޮށްލާފައެެވެ.
މިކަމާގުޅިގެން، ހަމާސްއިން ވަނީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތައް ތަންފީޒުކުރުން ލަސްކުރަމުންދާ ކަމަށް ބުނެފައެެވެ.
އިސްރާއީލުގެ ނިރުބަވެރިން ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން އުތުރަށް ދިއުމަށް ހުއްދަދޭނީ އިސްލާމިކް ޖިހާދުގެ ބެލުމުގައި ހުރި އެ މީހުންގެ އަސީރު "އަރުބީލު ޔަހޫދަ" ގެ ދިރިހުރިކަން ނުވަތަ މަރުވެފައިވާކަން އެންގުމުންނެވެ. މި ކަމަށް ޖަވާބުދިނުމުގެ ގޮތުން ހަމާސް އިންވަނީ އެ މީހާ ދުނިޔޭގައި ހުރިކަމަށްބުނެ އިސްރާއީލަށް އެމީހާގެ ވީޑިއޯއެއް ފޮނުވާފައެވެ. އެއާއެކު އިސްރާއީލުން ދެންބުނަންފެށީ ފަލަސްތީނުގެ ރައްޔިތުންނަށް އުތުރަށް ދެވޭނީ އެ މީހާ ދޫކޮށްލުމުން ކަމަށެވެ.
ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ މިލިޓަރީވިންގު ކަމުގައިވާ ސަރާޔަ އަލް-ޤުދުސްގެ ތަރުޖަމާނު "އަބޫ ޙަމްޒާ" ބުނެފައިވާގޮތުގައި ހަނގުރާމައިގެ އެއްބަސްބުންތައް އިއުލާންކުރިދުވަހުގައި އިސްރާއީލުގެ ހަމަލާއެއް މި މީހާހުރިތަނަށް އަމާޒުވެފައިވާކަމަށެވެ. އަދި އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފަނުވާކަމަށްވެސް އަބޫ ޙަމްޒާ ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގައި 2023ވަނަ އަހަރުގެ އޮކްޓޫބަރު 7އިން ފެށިގެން ވަނީ ފަލަސްތީނުގެ 47,283 ރައްޔިތުން ޝަހީދުކޮށް 111,472 މީހުން ޒަޚަމްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ