ލުބުނާނުގެ ދެކުނު ސަރަހައްދުގެ ރަށްތަކަށް ލުބުނާނުގެ ރައްޔިތުން އެނބުރި އަންނަން ފަށައިފި!

1 އަހަރު ކުރިން
|
0

ލުބުނާނުގެ ބިމުން އިޒްރޭލުގެ ފައުޖުތައް ނިކުތުމަށް ކަނޑައެޅުނު 60 ދުވަހުގެ މުއްދަތު ހަމަވުމާއެކު، ދެކުނު ސަރަހައްދުގެ ރައްޔިތުން އެމީހުންގެ ސިޓީތަކަށް އަނބުރާ ދަތުރުކުރަން ފަށާފައިވާކަމށް ބޭރުގެ މީޑިއާތަކުން ބުނެފިއެެވެ.

މި މުއްދަތު ހަމަވެފައިވަނީ މި އާދީއްތަ ދުވަހުގެ ފަތިހު 4:00 ގައެވެ. ނަމަވެސް، އިޒްރޭލުން އަދިވެސް އެއްބަސްވުމާ ޚިލާފުވެ ލުބުނާނުން ނުފާބާ ކަމަށްވެސް ބޭރުގެ މީޑިއާތަކުން މައުލޫމާތުދެއެެވެ .

އެގޮތުން މިއަދު ހެނދުނުން ފެށިގެން ދެކުނުގެ ސަރަހައްދުތަކަށް ދާން މަސައްކަތްކުރި 3 މީހެއްވަނީ އިސްރާއީލުން ބަޑިޖަހައި މަރާލާފައިވާއިރު 44 މީހަކުވަނީ ޒަހަމްވެފައެެވެ.

ލުބުނާނު ސިފައިންގެ ބަޔާނެއްގައި ވަނީ، ދެކުނު ސަރަހައްދަށް ދިއުން ފަސްކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މިހެން އަންގާފައިވަނީ، އިޒްރޭލުގެ ސިފައިން ދޫކޮށްދިޔަ ސަރަހައްދުތަކުގައި ބޮންތަކާއި ހަތިޔާރުތައް ހުރުމުގެ ސަބަބުންނެވެ. އެ ބަޔާނުަގައި އިތުރަށް ބުނެފައިވަނީ، މި ސަރަހައްދުތަކުގައި މި ވަގިތުގައި ލުބުނާނުގެ އިންޖިނިއަރިންގ ސާރވޭތައް ހަދައި، މަގުތައް ސާފުކޮށް، ނުގެންގޮސް ހުރި ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ލުބުނާނުގެ ސަރުކާރުން ވަނީ އިޒްރޭލުގެ ޢަމަލުތަކާ ދެކޮޅަށް ހުރިހާ ބައިނަލްއަޤްވާމީ ފަރާތްތަކަކަށް ގޮވާލައި، ލުބުނާނު ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް އެދިފައެވެ. އަދި ލުބުނާނުހެ ހަތިޔާރުއެޅި ޖަމާއަތްކަމުގައިވާ ހިޒްބުއްލާއިން ވަނީ އެެއްބަސްވެފައިވާ 60 ދުވަހުގެ މުއްދަތުން އެއްވެސް ޚިލާފެއް އުފެދިއްޖެނަމަ، އެއީ އެއްބަސްވުމާ ސީދާ ޚިލާފުވުމެއް ކަމުގައި ބަލާނެކަމަށް ބުނެފައެވެ.