ރަޝިޔާއިން ޔުކްރެއިނަށް ހަމަލާދޭން ފެށިތާ 1,066 ދުވަސްވީއިރު ޓްރަމްޕް ދަނީ މި ހަމަލާތަށް ދިނުން ހުއްޓުވާނޭކަމަށް ބުނަމުންނެވެ.
މި ހަނގުރާމައިހެ 1066ވަަނަ ދުވަހު ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ރަޝިޔާގެ ދިފާއީ މިނިސްޓްރީން ބުނީ އެ ޤައުމުގެ ސިފައިން، އިސްތިރާޖީ މުހިންމުކަމެއް އޮތް ޔުކްރެއިންގެ އިރުމަތީ ސަރަހައްދުގެ ރަށެއް ކަމަށްވާ ވެލިކާ ނޮވޯސިލްކާއަށް ވަދެފައި ވާކަމަށެވެ.
އަސި މޮސްކޯއިން ބުނެފައިވަނީ ޔުކްރެއިންގެ 121 ޑްރޯން، އިންޓަސެޕްޓް ކުރި ކަމަށެވެ. އޭގެ ތެރޭގައި ރަޝިޔާގެ ބްރިޔާންސްކް ސަރަހައްދުން 37 ޑްރޯން، ރިޔަޒާން ސަރަހައްދުން 20 ޑްރޯން އަދި ކުރްސްކް އާއި ސަރަޓޮވް ސަރަހައްދުތަކުން 17 ޑްރޯން ހިމެނެއެވެ.
ޔުކްރެއިންގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ޑޮނެޓްސްކް ސަރަހައްދުގެ ޕޮކްރޮވްސްކް ގައި ތިބި ޔުކްރެއިންގެ ސިފައިން، ރަޝިޔާގެ ސިފައިން ވަށައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ސަރަހައްދަކީ ޔުކްރެއިންގެ ސިފައިންނަށް ސަޕްލައި ފޯރުކޮށްދިނުމަށް ބޭނުންކުރާ މުހިންމު ރައުޓެއްކަމަށެވެ.
ރަޝިޔާގެ ރައީސް ވްލަދިމިރް ޕުޓިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބައްދަލުކޮށް ޔުކްރެއިންގެ ހަނގުރާމަ ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހުށަހަޅާފައެވެ.
ޔުކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ، ރަޝިޔާގެ ރައީސް ޕުޓިން، އެމެރިކާގެ ރައީސް ޓްރަމްޕް މެދުވެރިކޮށް ހަނގުރާމަ ނިންމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.
ރައީސް ޓްރަމްޕް ވެރިކަމާ ޙަވާލުވުމަށްފަހު، އެމެރިކާއިން ވަނީ 90 ދުވަހުގެ މުއްދަތަށް މީގެ ކުރިން ދެމުން ދިޔަ ހުރިހާ ބޭރުގެ އެހީއެއް ހުއްޓާލާފައެވެ. މީގެ ތެރޭގައި ޔުކްރެއިނަށް ދެމުންދިޔަ ތަރައްޤީގެ އަދި އަސްކަރީ އެހީވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ