ރަމަޟާންމަސް އަންނަކަމުގެ އުފާވެރި ޚަބަރާއިގެންއަންނަމެހުމާނަކުފަދައިންޝަޢްބާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ވަގުތު މިވަނީ ގާތްވެފައެވެ.ޝަޢްބާންމަހަކީއަހަރުގެމައްސަރުތަކުގެ ތެރެއިން އަންނަ މަހެއް ކަމުގައި ދެކި އާދައިގެ ގޮތަކަށް ދޫކޮށްލެވެން އޮތް މަހެއް ނޫނެވެ. ފަރުޟު ފަސް ނަމާދުގެ އިސްފަހުގައި ކުރާ ރަވާތިބު ސުންނަތާ ޝަޢްބާންމަހާ އެއްފަދައެވެ. އެއީ ރަމަޟާންމަހުގެފަރުޟުރޯދައިގެއަޅުކަންއަދާކުރުމަށް ތައްޔާރުވުމަށް ލިބޭ ފުރުސަތެކެވެ.
ޝަޢްބާންމަހު ސުންނަތް ރޯދަހިފުމަކީ ރަމަޟާންމަހުގެ ރޯދައިގެ އަޅުކަމަށް ނަފުސު ތައްޔާރު-ކޮށްދޭ ކަމެކެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޝަޢްބާންމަހު ސުންނަތް ރޯދަހިއްޕެއްވުން ގިނަ-ކުރެއްވިއެވެ. ޢާއިޝާ رضي الله عنهاގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. «كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ:لاَ يُفْطِرُ، وَيُفْطِرُ حَتَّى نَقُولَ: لاَ يَصُومُ، فَمَا رَأَيْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ، وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ» (رواه البخاري رقم: 1969، ومسلم رقم: 1156) މާނައީ: "(ޢާއިޝަތުގެފާނު ވިދާޅުވިއެވެ.) އިތުރު އެކަލޭގެފާނު މުޅީން ވެސް ހުންނަވަނީ ރޯދައަށޭ ތިމަންމެންނަށް ބުނެވެންދެން މެދުކަނޑައިނުލައްވައި (ސުންނަތް) ރޯދަހިއްޕަވައެވެ. އަދި އެއްގޮތަކަށް ވެސް (ސުންނަތް) ރޯދަނުހިއްޕަވައޭ ތިމަންމެންނަށް ބުނެވެންދެން ރޯދަ ނުހިއްޕަވައި ވެސް ހުންނަވައެވެ. އަދި އިތުރު އެކަލޭގެފާނު ރަމަޟާންމަސް ފިޔަވައި އެހެން އެއްވެސް މަހެއްގެ ހުރިހާ ދުވަހެއްގައި ރޯދަ ހިއްޕަވާތީ ތިމަން ކަމަނާ ދެކެވަޑައިނުގަންނަވަމެވެ. އަދި ޝަޢްބާންމަސްހައި ގިނައިން (ސުންނަތް) ރޯދަހިއްޕަވާ މަހެއް ވެސް ތިމަންކަމަނާ ދެކެވަޑައި-ނުގަންނަވަމެވެ."
ޝަޢްބާންމަހު ރޯދަހިފުމަކީ ރަމަޟާންމަހުގެ ރޯދައިގެ އަޅުކަމަށް ތައްޔާރުކޮށްދޭ ކަމެކެވެ. ޝަޢްބާންމަހު އިތުރު އެކަލޭގެފާނު ރޯދަހިއްޕެވުން ގިނަކުރައްވަނީ ކީއްވެގެންތޯ ދެންނެވުނު ސުވާލަށް ޖަވާބުދެއްވައި އެ މައްސަރުގައި ރޯދަހިއްޕަވާ ސަބަބު ވެސް ވަނީ ބަޔާން ކޮށްދެއްވައިފައެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެ މައްސަރަކީ (އެބަހީ: ޝަޢްބާންމަހަކީ) ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދުގައި އޮންނަ މައްސަރަކަށްވާތީ މީސްތަކުން އެ މަހާމެދު ފަރުވާ-ކުޑަކުރެއެވެ. އެ މައްސަރަކީ ޢާލަމުތަކުގެ ވެރިރައްބުގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މައްސަރެކެވެ. ވީމާ، ތިމަންކަލޭގެފާނުގެ ޢަމަލުފުޅު ﷲގެ ޙަޟުރަތަށް އުފެއްލެވޭހިނދު ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަށް ލޯބި ކުރައްވަމެވެ." (ރިވާކުރެއްވީ އައްނަސާއީ)
ރޯދަމަހާ ބައްދަލުކުރާހިނދު ހެޔޮ ޢަމަލުތަކަށް ނަފުސު ފަރިތަވެފައި ހުރުމަކީ އެ މައްސަރުގެ ހެޔޮކަން ފުރިހަމައަށް ހޯދުމަށް އެދޭ މީހާ ސަމާލުވާން ޖެހޭ ކަމެކެވެ.
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު