ފާއިތުވި 16 މަސްތެރޭ ފުރަތަމަ ފަހަރަށް ޣައްޒާގެ ބޮޑު މިސްކިތެއްގައި ހުކުރުކޮށްފި

ވަރަށް ހިތި ހިތާމަޔާއި ހިތްދަތިކަމުގެ 16 މަސްދުވަހަށް ފަހު ޣައްޒާގެ ބޮޑު މިސްކިތެއްކަމުގައި ވާ އޮމާރީ މިސްކިތުގައި މިއަދުގެ ހުކުރު ނަމާދުކޮށްފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ފެށުނީއްސުރެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ކުރަން މީހުންނަށް ދެވޭ ގޮތެއް ނުވެއެވެ. ބަޔަކު ދިޔަކަމުގައި ވިޔަސް އެބަޔަކަށް އަނިޔާކޮށް ފައްސާލުން އެއި ޓެރަރިސްޓު ޔަހޫދީންގެ އުފަލެއްކަމުގައި ވަނީ ހަދާފައެވެ. އަދި ބަޑިޖަހާ މީހުން މަރާފައި ވެސް އެބަހުއްޓެވެ. 

މިއަދުގެ ހުކުރު ނަމާދު އެމީހުން ފާހަގަ ކުރީ ހަމަޖެހުމެއް ލިބުނު ހިނދުކޮޅެއްގެ ގޮތުގައެވެ.  ޣައްޒާގެ މީހުން އެ މީހުންނަށް ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރީ ﷲއަށް ޙަމްދުކުރަމުންނެވެ.