الحَمْدُ لِلّٰهِ وَالصَّلَاةُ وَالسَّلَامُ عَلَىٰ رَسُولِ اللهِ وَعَلَىٰ آلِهِ وَصَحْبِهِ وَسَلَّمَ
ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «مَنْ صُنِعَ إِلَيْهِ مَعْرُوفٌ فَقَالَ لِفَاعِلِهِ: جَزَاكَ اللَّهُ خَيْرًا فَقَدْ أَبْلَغَ فِي الثَّنَاءِ» [رواه الترمذي (2035) وصححه الألباني في تحقيقه للمشكاة(3024)] މާނައީ: "މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމުން، އެ ހެޔޮކަން ކޮށްދިން ފަރާތަށް 'جَزَاكَ اللَّهُ خَيْرًا' (ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި!) އޭ ބުނެފިނަމަ، ފަހެ ހަމަކަށަވަރުން، އެ ކަމެއް ކޮށްދިން ފަރާތަށް ޝުކުރު އަދާކުރުން ޙައްޤުގޮތުގައި އެ މީހާ ޝުކުރު އަދާކޮށްފިއެވެ."
މި ޙަދީޘްގެ ޝަރަޙައިގައި ޝައިޚް ޢުޘައިމީން رحمه الله ވިދާޅުވިއެވެ. "މީހަކު ތިބާއަށް ހެޔޮކަމެއް ކޮށްދީފިނަމަ ނުވަތަ އެހީއެއް ވެދީފިނަމަ ނުވަތަ ޢިލްމެއް ފޯރުކޮށްދީފިނަމަ ނުވަތަ އެނޫނަސް ހެޔޮކަމެއް ކޮށްދީފިނަމަ، އެ މީހަކަށް އެ ކަމުގެ ބަދަލު ދިނުމަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَވަނީ އަމުރު-ކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. «مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ» [رواه أبو داود (1672) وصححه الألباني في تحقيقه للمشكاة (1943)] މާނައީ: "ތިޔަބައިމީހުންނަށް މީހަކު ހެޔޮކަމެއް ކޮށްދީފިނަމަ، އެ މީހަކަށް އޭގެ ބަދަލު ދޭހުށިކަމެވެ."
ބަދަލުދިނުން ވަނީ މީސްތަކުންގެ ޙާލަތަށް ބިނާކޮށެވެ. ބައެއް މީހުންނަށް، އެ މީހަކު ތިބާއަށް ދިން އެއްޗަކާ އެއްފަދަ އެއްޗެއް ނުވަތަ އެއަށްވުރެ ގިނައިން ދިނުމުން އެއީ ބަދަލެއް ކަމުގައި ވެއެވެ. އަދި އަނެއް ބައިމީހުންނަށް ދުޢާކޮށް ދިނުމުން ވެސް އެއީ ބަދަލެއް ކަމުގައި ފުދެއެވެ. މުދަލުން ބަދަލު ދިނުމަށް ބައެއް މީހުން ނުރުހެއެވެ. މުއްސަނދި، މީހުންގެ ކުރިމަތީ ޤަދަރުހުރި، ޝަރަފުވެރި މީހަކު ތިބާއަށް ހަދިޔާއެއް ދިނުމުން، އެ ހަދިޔާއާ އެއްފަދަ އެއްޗެއް ތިބާ އެ މީހާއަށް ދީފިނަމަ، އެ މީހާއަށް ފަހަރުގައި ކުޑައިމީސް ކުރެވުން ކަމުގައި އެ ކަން ވެދާނެއެވެ. އެފަދަ މީހާއަށް ޓަކައި ދުޢާކޮށްދޭށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. «فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ، فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ» [رواه أبو داود (1672) وصححه الألباني في المشكاة (1943)] މާނައީ: "ފަހެ ތިޔަބައިމީހުންނަށް ބަދަލުގެ ގޮތުގައި ދޭނެ އެއްޗެއް ނުލިބުނުނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެ މީހަކަށް ބަދަލު ދެވިއްޖެކަމަށް ބެލެވެންދެން، އެ މީހަކަށް ދުޢާ ކޮށްދޭށެވެ."
ހެޔޮކަމެއްކޮށްދޭމީހަކަށް"جَزَاكَ اللَّهُ خَيْرًا" އޭ ބުނުމުން،އެކަންހިމެނޭނީދުޢާކޮށްދިނުމުގެތެރޭގައެވެ. މީހަކު ތިބާއަށް އެއްޗެއް ދީފިނަމަ ނުވަތަ މަންފާއެއް ކޮށްދީފިނަމަ، ތިބާ އެ މީހަކަށް "جَزَاكَ اللَّهُ خَيْرًا" އޭ ބުނާށެވެ. އޭރުން އެ މީހާއަށް ޝުކުރު އަދާކުރުން ޙައްޤުގޮތުގައި ޝުކުރު އަދާކޮށްދެވުނީއެވެ. ފަހެ ﷲ تعالى އެ މީހަކަށް ހެޔޮ ޖަޒާ ދެއްވައިފިނަމަ، އެކަން ވާހުށީ ދުނިޔެއާއި އާޚިރަތުގައި ވެސް އެ މީހަކަށް ހުރި ބާއްޖަވެރިކަމަކަށެވެ. [شرح رياض الصالحين لابن العثيمين(6 / 49 – 50)]
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު
ހުކުރު