އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި

ރ.އިންނަމާދޫ ޕޮލިސް ޕޯސްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ޕޮލިސް ޕޯސްޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުއެވެ.

ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުޅާ ދާއިރާއެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވެއެވެ.