އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ މިމަހުގެ 21 ވަނަ ދުވަހު ނައްތާލާފައި ވަނީ 471 ފުޅި ބަނގުރާ އަދި 497 ދަޅު ބިޔަރުކަމަށެވެ. މި ތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެެއްޗެވެ.
ބަނގުރާ ނައްތާލުން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު