ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ގިނަ ސަރަޙައްދު ތަކެއްގައި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އިން ލަފާކޮށްފައިވާފައިވާ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަވެކުރާނެއެވެ.އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މިހާރު ކުރަމުންދާ ވިއްސާރަ އާދީއްތަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަންނަ ހޯމަ ދުވަހު މޫސުން އަލިވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.
މޫސުމުގެ ނުރައްކާތެރިކަމަށް ރިޢާޔަތްކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އެކި ސަރަޙައްދުތަކަށް ތަފާތު ސަމާލުތަށް ނެރރފައެވެ.މިގޮތުން:
– ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް: ރީނދޫ ސަމާލު (މިއަދުގެ 14:30 އަށް)
– ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް އަދި ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް: ހުދު ސަމާލު
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ގދ. ފަރެސްމާތޮޑާއަށް ކަމަށްވާއިރު، އެ ރަށަށް 129.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު