ކަޝްމީރުގެ ގައުކަޑަލް ބްރިޖުގައި ޖެހި ބޮޑު ހުޅެއް ޖަހައި އެތައް މުސްލިމުންނެއް އަންދާލިތާ 35 އަހަރުވީއެވެ. 21 ޖަނަވަރީ 1990ވީ އާދީއްތަދުވެހު އިންޑިއާގެ ޕަރަމިލިޓްރީއިން ވަނީ މިނިވަންކަމަށް މުޒާހަރާކުރަމުން ދިޔަ އެތައް ބަޔަކު ރަހުމުކުޑަގޮތެއްގައި އަންދައިލާފައެވެ.
ސިރިންގަރުގައި ހުންނަ ގައުކަޑަލް ބްރިޖު ހުރަސްކުރުމަށް މުޒާހަރާގެ ބައިވެރިން އެ ބްރިޖުމަތީ ހިނގަމުންދަނިކޮށް އިންޑިއާގެ މިލިޓްރީއިން އެތަނުގައި ބޮޑު ހުޅެއް ރޯކުރިއެވެ. އެ ހުޅުގައި 52 މީހުން އަނދައިގެން މަރުވިއެވެ. އަދި 250 މީހުންނަށް އެކިވަރުގެ ގެއްލުން ލިބުނެވެ. ނޫސް ތަކުން ރިޕޯރޓުކޮށްފައިވާ ގޮތުގައި މިއީ ކަޝްމީރުގެ މުޅި ތާރީޚުގައި ވެސް ހިންގައިފައިވާ އެންމެ ބޮޑު ޤަތުލުއާމެވެ.
މި އަނިޔާވެރިކަމަށް 35 އަހަރުވެފައި ވާއިރު އަދި މިހާތަނަށް އެއްވެސް އިންސާފެއް ހޯދައިދެވިފައެއް ނެތެވެ. ކަޝްމީރުގެ ރައްޔިތުންނަށް މިއަދު ވެސް ދަނީ އެތައް އަނިޔާއެއް ދެމުންނެވެ. އެ ދުވަހު 16 އަހަރުގެ އިރުފާން ބަޓްގެ މެޔަށް 18 ވަޒަން އެރިއެވެ. އަދި 24 އަހަރުގެ ޢަބަދުއްރައުފް ގެ މެއަށް 32 ވަޒަން އަރާފައި ވެއެވެ. އެ ދެ ޒުވާނުންގެ ގަޔަށް އަރައިފައި ވަނީ އިންޑިޔާގެ ލަޝްކަރީން ހަމަލާދިން މެޝީން ބަޑީގެ ވަޒަންތަކެވެ. އެ ޒުވާނުން ގެންދިޔައީ މުޒާހަރާކުރަމުންދިޔަ މީހުންގެ ދިފާޢުގައި މަސައްކަތްކުރަމުންނެވެ.
ކަޝްމީރުގެ ޒުވާނެއް ކަމަށްވާ ޝައުކަތް އަޙްމަދު ވަނީ އެ ދުވަހުގެ ޝަހީދުންގެ ހަނދާނުގައި ރަމްޒީ ގަލެއް ބަހައްޓާފައެވެ. އެގަލުގައި ލިޔެފައި ވެއެވެ.
ކަނދުރާތަކުން އެލުވިގެންނާއި، ތިޔަ ބޭކަލުންގެ ތޯހިރުލޭ ބިމަށް އޮހޮރި ބިމުގައި އެ ލެއިން ތަތްތެޅިގެން ޙައްޤު މަގުގައި އަމާންކަން ހޯދައިދިނުމަށް ތިޔަ އުޅުއްވަނީ މި ޤައުމުގެ ރީތި ބަގީޗާތަކަށެވެ. ތިޔަ ބޭކަލުން މުސްލިމުންގެ އަގު އުފުއްލަވައިދެއްވައިފިއެވެ. މި ގަލަކީ 21 ޖަނަވަރީ 1990ގައި ގައުޑަލްގައި އެބޭކަލުންގެ ލެއިން ޤުރުބާންދެއްވައި ޝަހީދުންގެ ގޮތުގައި ދުނިޔެ ދޫކުރެއްވި ބޭކަލުންގެ ހަނދާނުގައި ބަހައްޓާ ރަމްޒެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ