މޫނު ނިވާކޮށްގެން އުޅުނު ދެ ޔަހޫދުންނަށް ހަމަލާދިނީ ޔަހޫދީ ފުލުހެއް!

ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިކޮށްފައިވާ ޒަޔަނިސްޓުންގެ މޫނު ނިވާކޮށްގެން އުޅުނު ދެ ޔަހޫދުންނަށް ހަމަލާދިނީ ޔަހޫދީ ފުލުހެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިޒްރޭލު ފުލުހުން ވަނީ އެ ފުލުސްމީހާ ހައްޔަރުކޮށް މައްސަލަ ބަލަން ފަށާފައެވެ.

މި ދެ މީހުންނަކީ ނަޑިހިފައިގެން މޫނު ނިވާކޮށްގެން އެ ވަގުތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އުދަަގޫކުރަމުންދިޔަ 2 މީހުނެވެ. 

ޗެނަލް 12 އިން ބުނެފައިވާގިތުގައި އިސއރާއީލުގެ މި ފުލުސްމީހާ އެމީހުންނާދިމާލަށް ބަޑިޖެހީ ފަލަސއތީނުގެ މުޖާހިދުންކަމަށް ހީކޮށެވެ.

މި ހާދިސާގައިވަނީ އެކެއއ މަރުވެފައެވެ. އަނެެއް މީހާވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެެވެ.