ޣައްޒާގެ ގަތުލްއާންމު ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފަލަސްތީނުގެ 90 ގައިދީއަކު އިސްރާއީލުގެ ޖަލުން ދޫކޮށްލައިފިއެވެ.
އެ މީހުން ދޫކޮށްލާފައި ވަނީ އިސްރާއީލުގެ ތިން ގައިދީން ޣައްޒާއިން މިނިވަންކުރިތާ 7 ވަރަކަކަށް ގަޑިއިރު ފަހުންނެވެ.
ފަލަސްތީނުގެ ޕްރިޒަނާސްގެ މީޑިޔާ އޮފިސަލު ވިދާޅުވިގޮތުގައި ގައިދީން މިނިވަންކުތުމަށް އެހާގިނަ ވަގުތުނެގީ އިސްރާއީލުން މިނިވަންކުރަން ހަމަޖެހިފައިވާ އެއް އަންހެން ގައިދީ މަދުވުމުން ކަމަށެވެ.
އަލްޖަޒީރާ އަރަބިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އޮފަރ ޖަލުން ބަސްތައް ނުކުތީ ރާއްޖެއަށް ފަތިސް ވަގުތުގައެވެ.
މި ގައިދީންތަށް ދޫކޮށްލުމުގެ ކުރިން އިސްރާއީލުގެ ނިރުބަވެރިން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހުންނަ ގައިދީންގެ ގެތަކަށް ގޮސް އުފާފާޅުކުރުން މަނާކޮށްފައެެވެ. އަދި ގައިދީން ގެޔަށް އަންނަ ވަގުތުގައި ގޭގައި ހުރެވޭނީ މަންމަ، ބައްޕަ އަދި އެއްބަންޑު އެއްބަފައި ކުދިންނަށް އެކަނި ކަމަށް ބުނެ ބޮޑުގަވައިދެއްހަދާފައެވެ.
މިނިވަންކުރި މީހުންގެ ތެރޭގައި ހިފާފައިވާ ހުޅަނގު އައްސޭރީގެ ފަލަސްތީނުގެ 78 މީހުން ހިމެނޭ އިރު، އެ މީހުން ގެންދިޔައީ އޮފަރ ޖަލު ކައިރީގައި އޮންނަ ބެއިޓޫނިއާ ޗެކްޕޮއިންޓަށެވެ.
ހިފާފައިވާ އިރުމަތީ ގުދުސްގެ ފަލަސްތީނުގެ 12 މީހަކު ވެސް އަނބުރާ އެ ސިޓީއަށް ގެންގޮސްފައިވާއިރު، ރަޝިއާގެ ކޮމްޕައުންޑް ޑިޓެންޝަން ސެންޓަރުގައި ކުޑަ ވަގުތުކޮޅަކަށް ބެހެއްޓުމަށް ފަހު އެ މީހުންވެސް ވަނީ ގެއަށް ދޫކޮށްލައިފައެވެ.
ދޫކޮށްލި ގައިދީންގެ ތެރޭގައި 62 އަންހެނަކު ހިމެނޭއިރު، އޭގެ ތެރެގައި ކުޑަކުއްޖަކުވެސް ހިމެނެއެެވެ. އަދި ދޫކޮށްލި 28 ފިރިހެނުންގެ ތެރޭގައި އަށް ކުޑަކުދިން ހިމެނެއެވެ.
އާދީއްތަ ދުވަހު ހެނދުނު ފެށި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޣައްޒާއިން ދޫކޮށްލާ އިސްރާއީލުގެ ކޮންމެ އަންހެން ގައިދީއަކަށް، ފަލަސްތީނުގެ 30 އަންހެނުންނާއި ކުޑަކުދިންނަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ