މާލޭ ސަރަޙައްދުގައި ވައި ނުސާފުވެ ބޭރުގައި އުޅޭއިރު މާސްކު އެޅުމަށް މިއްދު އެޗްޕީއޭ އިން އިލްތިމާސްކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިއަދު ބުނީ މާލެ ސަރަހައްދުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެއްގައި ވައިގެ ނުސާފުކަން ހުރިކަމަށް ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ މެރިޓައިމް ސްޓަޑީސް ކެމްޕަސް އިމާރާތުގައި ބަހައްޓާފައި ހުރި އެއާ ކޮލިޓީ ސިސްޓަމުން ދައްކާ ކަމަށާއި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 156ގަ ކަމަށެވެ.
މި ކަމުގެ ސަބަބުން އެޗްޕީއޭ އިން ވަނީ ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލިތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
އަދި ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނިކުތުމަށާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންގެ އިތުރުން މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށް އެ އެޖެންސީން އެދިފައިވެއެވެ.
އޭގެއިތުރުން ބޭރުގައި ކުރާ ކަސްރަތުތަކާއި ކުޅިވަރު ކުޅުން މަޑުޖައްސާލުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު