މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކްގެ މައި ކުންފުނިން އެ އެޕް ނުވިއްކައިފިނަމަ، މިއަދުން އެމެރިކާގައި ޓިކްޓޮކް މަނާވާނެކަމަށް އެގައުމުގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ބައިވެރިވި 9 ފަނޑިޔާރުންގެ އިއްތިފާގުން މިފަދައިން ނިންމި ނަމަވެސް، އެމެރިކާގެ ރައީސް، ޖޯ ބައިޑެން ވަނީ އޭނާގެ ވެރިކަމުގެ މަދު ވަގުތުކޮޅު ތެރޭގައި އެގާނޫނު ތަންފީޒު ނުކުރާނެކަމަށާއި، އެކަން ދޫކޮށްލާނީ އެމެރިކާގެ ރައީސް ކަމާއި ހަވާލުވުމަށް ހަމަޖެހިފައިވާ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުން މިފަދައިން ނިންމާފައިމިވަނީ، ވެރިކަމާއި ހަވާލުވުމަށްފަހު މި އެޕް އެމެރިކާގައި މަނާ ކުރުމާއިމެދު ގޮތެއް ނިންމުމަށްޓަކައި، ރައީސްކަމަށް ހޮވިވަޑައިގެންފައިވާ ޑޮނަލްޑް ޓްރަމްޕް ވެސް މި ގާނޫނު ތަންފީޒު ކުރުން ފަސްކުރުމަށް މަސައްކަތް ކުރައްވާފައިވަނިކޮށެވެ.
އެމެރިކާއިން މި އެޕް މަނާކުރުމަށް ނިންމީ، އޭގެ މައި ކުންފުނިން އެމެރިކާގެ ރައްޔިތުންގެ މަޢުލޫމާތު ޗައިނާގެ ސަރުކާރަށް ދީފާނެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ. މިއާ އެކު އެ އެޕް ވިއްކުމަށް އެމެރިކާއިން ހުށަހެޅި ނަމަވެސް، ޓިކްޓޮކްގެ ވެރިފަރާތް ކަމުގައިވާ ބައިޓްޑާންސްއިން ތަކުރާރުކޮށް ބުނެފައިވަނީ އެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ނުވިއްކާނެ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ