ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގާ "އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ފަށައިފިއެވެ
"އޮޕަރޭޝަން ކުރަނގީ"ގެ ދަށުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ހެނދުނު 8 އިން އިރުއޮއްސި 6 އާ ހަމައަށް ގެންދިއުމަށްވަނީ ހަމަޖެހިފައެެވ. މި ހަރަކާތުގައި އެ ވުޒާރާގެ 75 އޮފިޝަލުން ބައިވެރިވެ، މާލެ، ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތްކުރިއަށް ގެންދަވައެވެ.
މިއަދުގެ އޮޕަރޭޝަންގައި ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ހަރަކާތުގައި ތަޢުލީމީ ދާއިރާގެ ބިދޭސީންނާއި ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތެރިންގެ މަޢުލޫމާތު އެއްކުރެވުނެވެ. މިހާތަނަށް ޖުމްލަ 24,028 ބިދޭސީންގެ މަޢުލޫމާތު އެއްކުރެވިފައިވާއިރު، 185 ރަށެއްގައި މި މަސައްކަތް ފަށައި، 55 ރަށެއްގައި މަސައްކަތް ވަނީ ނިމިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު