ނ. އަތޮޅުން ދ. އަތޮޅަށް ހުދު ސަމާލު ނެރެފި

މޫސުން ގޯސްވުމުގެ ސަބަބުން ނ. އަތޮޅުން ދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

މިގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީސް އިން ވަނީ މިއަދު 12:30 އިން 18:30 އަށް، ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ބުނެފައިވާގޮތުން މި ސަރަހައްދުތަކަށް މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން މި ވަގުތުތަކުގައި މި ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު 09:30 އިން 13:30 އަށް ތ. އަތޮޅާއި ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.