ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީންގެ ދައުލަތުގެ، ސަލާމަތީ ކަންކަމާއި ބެހޭ ކެބިނެޓުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ.
2023ވަނަ އަހަރުން ފެށިގެން ޣައްޒާގައި އިސްރާއީލުގެ ނިރުބަވެރި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ ސަބަބުން މިހާތަނަށް 46,788 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ހަމާސުން ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުން ފާސްކުރިކަން ހާމަކޮށްފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 5 ގަޑިއިރަށްވުރެ ގިނަ ވަގުތަށް ދިގުދެމިގެންދިޔަ ބައްދަލުވުމަކަށްފަހު އިސްރާއީލުގެ ސަރުކާރުން މި އެއްބަސްވުން ތަސްދީގުކުރުމަށް ރޭ ނިންމާފައިވާކަމަށެވެ.
މިއެއްބަސްވުމަށް އަމަލުކުރަންފެށުމަށް ހަމަޖެހިފައިވަނީ 19 ޖެނުވަރީވާ އާދިއްތަ ދުވަހުގެ (ފަލަސްތީނުގެ ގަޑިން) 8:30 ވާއިރުކަމަށް ބޭރުގެ މީޑިއާތަކުންވަނީ އާންމުކޮށްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، މި އެއްބަސްވުން ފާސްކުރުމަށް ނިންމީ ޔަހޫދީ ސަރުކާރުގެ 24 ވަޒީރުން ވޯޓާއިއެކު އެވެ.އަދި މި އެއްބަސްވުމާއި ދެކޮޅަށް 8 ވަޒީރަކު ވަނީ ވޯޓު ދީފައެވެ.
މި އެއްބަސްވުމުގެ ދަށުން ޔަހޫދީން ރަހީނުކޮށްފައިވާ ފަލަސްތީނު އެތައް ރައްޔިތުންނެއް ސަލާމްތް ކުރެވިގެން ދާނެއެވެ. މީގެ ތެރޭގައި ހަމާސް، ފަލަސްތީނު އިސްލާމިކް ޖިހާދު، އަދި ފަލަސްތީނު އޮތޯރިޓީ(ފަތަޙަ) މި ހަރަކާތަކުގެ މެމްބަރުންވެސް ހިމެނެއެވެ.
އަލް ޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި، 42 ދުވަހުގެ ތެރޭގައި ހަމާސްއިން ހައްޔަރުކުރި 33 ޔަހޫދީން ދޫކޮށްލާއިރު، ޔަހޫދީން ރަހީނު ކޮށްފައިވާ 1,700 ފަލަސްތީނު ރައްޔިތުން ދޫކޮށްލެވޭނެއެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލުމަށް ހުކިމްފަކޮށްފައިވާ 100 ގައިދީންވެސް ހިމެނޭނެއެވެ.
މިގޮތުން އެންމެފުރަތަމަ ގައިދިން ދޫކުރަންހެމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ފަލަސްތީނުގެ ގަޑިން 4 ޖަހާއިރުއެވެ. އެގޮތުން އެންމެ ފިރަތަމަ ހަމާސްއިން ދޫކުރާނީ އިސްރާއީލުގެ 3 ގައިދީންނެވެ. މިކަމުގެ ބަދަލުގައި އިސްރާއީލުން ދޫކުރާނީ ފަލަސްތީނުގެ 95 ގައިދީންނެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާނު ކުރި ނަމަވެސް، ނިރުބަވެރި ޔަހޫދީން ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާ ދެމުން އަންނައިރު، މި ހަމަލާތަކުގައި 122 މީހުން ވަނީ މިހާތަނަށް ޝަހީދުކޮށްލާފައެވެ.
މީގެ ތެރޭގައިހިމެނެނީ 33 ކުޑަކުދިންނާ، 33 އަންހެނުންނާއި 54 ފިރިހެނުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ