ރ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ރީންދޫ ސަމާލު ނުރެފި

ބޯކޮށްވާރޭވެހޭނޭ ކަމަށްލަފާކޮށް ރ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމަޔަށް ހުދުސަމާލުނެރެފިއެވެ.

މި އެލާޓުގެ ވަގުތަކީ މިއަދު 11:30އިން 15:30އަށެވެ.

މި އެލާޓުގައިވާ ގޮތq މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށްވާރޭވެހު ގުގުރައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކްމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ ހޮނިހިރު ދުވަހާ ހަމައަށް، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށް، މޫސުމަށް ސަމާލުވުމަށް މެޓު އޮފީހުން މީގެ ކުރިން އިލްތިމާސް ކުރިއެވެ.

އަދި މީގެއިތުރުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް މިއަދު 16:00އާ ހަމައަށް ނ އަތޮޅުން ފެށިގެން ލ އަތޮޅަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.